Wednesday, March 4, 2009

ޝުކުރު ތަޢުރީފް ބޭނުންނަމަ ބަހާ، ކަމާ އެއްގޮތްކުރޭ!
ޝިކާރަކުރާ މީހެއްގެ ހަމަލައިން ފިލަންދިއަ ހިޔަޅަކަށް ދަރުކޮށަންހުރި މީހަކު ދިމާވިއެވެ. ސަލާމަތްކޮށްދޭން އެދި ބުނުމުން އެމީހާ ހިޔަޅުވެއްދީ ދަރުލާފައިހުރި ގެއަށެވެ. އެތާއެތެރޭގައި ފިލާއޮއްވާ ޝިކާރަވެރިޔާ އެހިސާބަށް އައިސް ދަރުކޮށާ މީހާކުރެން ސުވާލުކުރިއެވެ. " ކޮބާ! މިހެންލާފައި ދިއަ ހިޔަޅެއް ދުށިންތަ؟"
ދަރުކޮށާ މީހާ. " ނޫން ނުދެކެމޭ." އަނގައި ބުނަމުން އަތުގެ އިޝާރާތުން ދަރުތައްލާފައިހުރިގެ ދައްކާލިއެވެ. އެކަމަކު އެ ޝިކާރަވެރިޔާއަކަށް އެބުނި އެއްޗެއް ނޭގުނެވެ. ނަތީޖާއަކަށްވީ ހިޔަޅު ހޯދަން އޭނާ ހިނގާ ދިއުމެވެ.
މިހުރިހާ ކަމެއް ބަލަން ދަރުގޭގައި ފިލާއޮތް ހިޔަޅު ޝިކާރަވެރިޔާގޮސް އޮބާލާފިކަން ޔަގީންކޮށްފައި، ނިކުމެ އަނެއްކޮޅަށް ދާން ހިނގައިގަތެވެ. އެވަގުތު ދަރުކޮށާ މީހާ ހިޔަޅަށް ބުންޏެވެ. " ބަލަ ދަނީތަ؟ މިއޮށްބޮޑުކަންތައް ކޮށްދީ ފުރާނަ ސަލާމަތްކޮށްދިނީމާ އެންމެ ކުޑަމިނުން ޝުކުރިއްޔާއޭވެސް ބުނެ ނުލާތަ؟" މިއަޑަށް ހިޔަޅު އެނބުރި ބަލާލުމަށްފަހު އަނެއްކާވެސް ދާކޮޅަށް ހިނގައިގެންފައި ޖަވާބުދިނެވެ.
" ޝުކުރު އަދާކުރަންޖެހުނީހީ ބަހާ ޢަމަލާ ދެގޮތް ނުވިނަމަތާއެވެ. ކަލޭ ޖެއްސި ހުރިހާ ވައްތަރެއް އަހަރެން އޮތީ ބަލާށެވެ."
..............................................................................................................................................................................................................................................................................
މީހުން ކަމޭހިތާނީ އަދި ޝުކުރު ތަޢުރީފް ލިބޭނީ ތިމާގެ ޢަމަލުތައްވެސް ދައްކާ ވާހަކަތަކާ އެއްގޮތަށް ބަހައްޓައްޏާއެވެ. ޝުކުރު ތަޢުރީފް ބޭނުންނަމަ، ބަހާ ޢަމަލާވެސް އެއްގޮތަށް ބަހައްޓާށެވެ. އަދި ފެންނަ ފަރާތާއި ނުފެންނަ ފަރާތްވެސް އެއްގޮތަށް ބަހައްޓާށެވެ.


No comments:

Post a Comment